News


ކީ ސްޓޭޖް-1 ގެ މުދައްރިސުންނާ ލީޑިންޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެކްޝަން ރިސާރޗާއިބެހޭ ތަމްރީނު ޕްރޮގްރާމް- 2015
ތަޢާރަފް / މަޤުޞަދު:
މި ޕްރޮގްރާމަކީ 2015 ވަނަ އަހަރު ރައްޖޭގް ސްކޫލުތަކަށް ތަޢާރަފް ކުރެވިފައިވާ އައު ޤައުމީ މަންހަޖު ތަންފީޒުކުރަމުންދާއިރު ކުރިމަތިނުވެ ނުދާނެ ތަފާތު މައްސަލަތައް އަމިއްލައަށް ނުވަތަ ސްކޫލު ފެންވަރުގައި ދެނެގަނެ، ޢިލްމީ އަދި ފަންނީ ހޯދުންތަކެއްގެ އަލީގައި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުމުގެ ޤާބިލުކަން މުދައްރިސުންނާއި ލީޑިންގ ޓީޗަރުންނަށް ލިއްބައިދިނުމުގެ މަޤުޞަދުގައި ހިންގާ މަސައްކަތު ބައްދަލުވުން ތަކެކެވެ. މީގެ އިތުރުން، އެން. އައި. އީން އަހަރަކު އެއްފަހަރު ބާއްވާ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ތަކުގައި ރާއްޖޭގެ ތަފާތު ސްކޫލުތަކުން ބައިވެރިވެލައްވާ ބޭފުޅުންގެ ޢަދަދު އިތުރުކޮށް، އެބޭފުޅުން މަސައްކަތްކުރައްވާ ސްކޫލުތަކުގައި ހުންނަ ތަފާތު މައްސަލަތައް އަމިއްލައަށް ދިރާސާކޮށް، ޙައްލުކުރައްވަމުން ގެންދަވާގޮތުގެ މަޢުލޫމާތު ރާއްޖޭގެ އެހެނިހެން ސްކޫލްތަކާ އަދި ބައިނަލްއަޤްވާމީ މުއައްސަސާތަކާއެކު ޙިއްސާކުރުމުގެ ފުރުޞަތު އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ އެއް އަމާޒެވެ.

އަމާޒުކުރެވޭ ފަރާތްތައް:
"ޓީޗަރސް އޭޒް ރިފްލެކްޓިވް ޕްރެކްޓިޝަނަރސް އެންޑް އެކްޝަން ރިސަރޗަރސް" މި ސުރުޚީގެދަށުން މިގެންދެވޭ މަސައްކަތު ބައްދަލުވުންތައް މިވަގުތު އަމާޒުކުރެވިފައި ވަނީ ރާއްޖޭގެ ސްކޫލުތަކުގެ ކީ ސްޓޭޖް 1 ގައި މިވަގުތު ކިޔަވައިދެއްވަމުން ގެންދަވާ ޓީޗަރުންނަށެވެ. އަދި މި ގްރޭޑްތައް ބަލަހައްޓަވަމުން ގެންދަވާ ލީޑިންގ ޓީޗަރުންނަށެވެ.

ޕްރޮގްރާމް ރޭވިފައިވާގޮތް:
-          ތަމްރީނު ޕްރޮގްރާމްގެ ދިގުމިނަކީ 18 ގަޑި އިރެވެ. ޕްރޮގްރާމް ހިންގަނީ ވަކިވަކި ރަށްރަށުގެ/ ސްކޫލުތަކުގެ  ޓީޗަރުންނަށް  އަމާޒުކޮށްގެން، އެފަހަރަކު ޕްރޮގްރާމް ހިންގާ ސްކޫލެއްގެ ކީ ސްޓޭޖް 1 ގައި ކިޔަވައިދެއްވާ ހުރިހާ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުޞަތު ދީގެންނެވެ. ނުވަތަ އެއް ސްކޫލަށްވުރެ ގިނަ ޕްރައިމަރީ ސްކޫލު ހުންނަ ރަށެއްގައިނަމަ ރަށެއްގެ ހުރިހާ ޕްރައިމަރީ ސްކޫލުތަކެއްގެ ކީސްޓޭޖް 1 ގެ މުދައްރިސުންނާއި ލީޑިންގ ޓީޗަރުންނަށް ފުރުޞަތު ހުޅުވާލައިގެންނެވެ.
-          އެކްޝަން ރިސާރޗެއްގެ ހުރިހާ ބަހާތައް ފުރިހަމަކުރުމަށް ބޭނުންވާ މަޢުލޫމާތު އުނގަންނައިދިނުމުގެ އިތުރުން، އެފަދަ ރިސަރޗެއް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމުގެ ޢަމަލީ ތަޖުރިބާތައްވެސް މަސައްކަތު ބައްދަލުވުމުގެ ތެރެއިން ބައިވެރިން ފުރިހަމަކުރާނެއެވެ.
-          ޕްރޮގްރާމަށް ބޭނުންވާ ވަގުތު ދިގުވުމުން ކިޔަވައިދިނުން ކުރިއަށްދާ ދުވަސްތަކެއްގައި މިކަން ކުރިއަށްގެންދިއުމަށް ދަތިވާތީ، މި ތަމްރީނުތައް ކުރިއަށް ގެންދެވެނީ ހަފްތާގެ ބަންދު ދުވަސްތައް (ހުކުރު، ހޮނިހިރު) ހިމެނޭގޮތަށް ޕްރޮގްރާމް ރާވައިގެންނެވެ.
-          މަސައްކަތު ބައްދަލުވުމުގެ ސެޝަންތަކުގައި ކިޔަވައިދެއްވަނީ  އެން. އައި. އީ ގެ "ސްކޫލް އޮފް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް" ގެ މުއައްޒަފުންނެވެ.
-          މި ޕްރޮގްރާމްގެ އެންމެހާ ޚަރަދުތައް ކުރެވެމުންދަނީ ދައުލަތުގެ ބަޖެޓުންނެވެ.

ހިންގުނު ޕްރޮގްރާމްތައް:
"ޓީޗަރސް އޭޒް ރިފްލެކްޓިވް ޕްރެކްޓިޝަނަރސް އެންޑް އެކްޝަން ރިސަރޗަރސް" މި ސުރުޚީގެދަށުން މިހާތަނަށް ހިންގިފައިވަނީ ޖުމްލަ 2 މަސައްކަތު ބައްދަލުވުމެވެ. އެއީ:
·         ޙާފިޟް އަޙްމަދު ސްކޫލު، އެމް. ޖޭ. އެމް އަދި ފުވައްމުލަކު ސްކޫލުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ޏ. ތީ . އާރ ސީ ގައި ހިންގުނު ޕްރޮގްރާމް.
·         އިސްކަނދަރު ސްކޫލުގެ މުދައްރިސުންނަށް ހިންގުނު ޕްރޮގްރާމް.
·         މިހާތަނަށް ހިންގުނު 2 މަސައްކަތު ބައްދަލުވުމުގައި ތަމްރީނު ފުރިހަމަކުރައްވާފައިވަނީ 75 އަންހެން މުދައްރިސުންނާއި 9 ފިރިހެން މުދައްރިސުންނެވެ.
·         މިދުވަސްވަރަކީ ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ތިއްބެވި މުދައްރިސުން ބްލޮކްމޯޑް، ޑިސްޓެންސް މޯޑް އަދި މިނޫންވެސް ސިފަސިފައިގާ އެބޭފުޅުންގެ ޢިލްމީ ފެންވަރު މަތިކުރުމަށް ނުހަނު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދުވަސްވަރަކަށްވުމާއި، އަދި މިފަދަ ކޯސްތަކުގެ ކިޔެވުން ޢާއްމުކޮށް އޮންނަނީ ހަފްތާ ބަންދުގައިކަމަށްވުމުން، އެން. އައި. އީގެ އެސް. އާރ އެންޑް ޑީ އިން ބޭނުންވާ ބާރުދުވެލީގައި ތަމްރީނުތައް ގެންދިއުމަށް ބޮޑެތި ދަތިތަކެއްވަނީ ކުރިމަތިވެފައެވެ.

No comments:

Post a Comment